ޚަބަރު

ޓޫރިޒަމް އަލުން ފަށާނެ ތާރީހް ރައީސް މިއަދު އިއުލާން ކުރައްވަނީ

ދެން އެމްވީ ، ދެން އޮންލައިން

ނިއު ނޯމަލްގައި ރާއްޖޭގައި ޓޫރިޒަމް ފަށާނެ ތާރީހް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިޢުލާންކުރައްވާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ ފަތުރުވެރިން އަލުން ފަށާނެ ތާރީހް ރައީސް ސޯލިހު މިއަދު އިއުލާންކުރައްވާނެކަމަށާއި ފަތުރުވެރިކަން އަލުން ފެށުމަށްވާންޖެހޭ ހުރިހާ ތައްޔާރީއެއް ނިމިފައިވާކަމަށެވެ.

"މިއަދުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުހާތަބްކުރައްވާ، ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލާނެ ތާރީޚެއް އިޢުލާކުރައްވާނެކަމަށް ބެލެވެނީ" މިނިސްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިކަން އަލުން ފަށާނެ ތާރީޙް އިއުލާންކުރެއްވުމަށް ހަމަޖެހިފައިވާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ ޖުލައި 1 ގައި ފަތުރުވެރިކަން އަލުން ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އެއަރޕޯޓްތަކާއި އެއަރލައިންތަކާއި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ވާންޖެހޭ ތައްޔާރީތަކުގެ މައިގަނޑު މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!