ޚަބަރު

ބެންގްކޮކްގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސެއްގެ ހާލު ސީރިއަސް

ދެން އެމްވީ ، ދެން އޮންލައިން

ބެންކޮކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި ދިވެއްސެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ.

ފޮރިން މިނިސްޓްރީން ބުނީ ފުރަތަމަ މައުލޫމާތު ލިބުނު ގޮތުގައި ސީރިއަސް ހާލަތުގައި ފަރުވާ ދެމުން އަންނަނީ ދެމީހުންނަށް ކަމަށް ވީ ނަމަވެސް، ފަހުން އެނގުނު ގޮތުގައި އެއީ އެކަކު ކަމަށާއި އެމީހާގެ އޮޕަރޭޝަނެއް ކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެކަމުގައި އެހީތެރިވުމަށް ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީގެ މުވައްޒަފުން ހޮސްޕިޓަލުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މައުލޫމާތު ލިބޭގޮތުގައި ކާރު އެކްސިޑެންޓުވި އިރު، ކާރުގައި ތިން ދިވެހިން ތިއްބެވެ. އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު އިރު، އަނެއް ދެމީހުންނަށް ވެސް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މި ކާރު އެކްސިޑެންޓުވީ، ތައިލެންޑުގެ ސުވަރްނަބޫމީ އެއާޕޯޓުން، އެމީހުން ތިބޭ ހޮޓަލަށް ދަތުރުކުރަމުން ދަނިކޮށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!