ޚަބަރު

އަންނަ މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލައި ރާއްޖޭގައި ފަތުރުވެރިކަން އަލުން ފަށާނީ!

ދެން އެމްވީ ، ދެން އޮންލައިން

އަންނަ މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލައި ރާއްޖޭގައި ފަތުރުވެރިކަން އަލުން ފަށަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވީ ފެތުރެމުން އަންނަ ކޮވިޑް-19 އާއި ގުޅިގެން އިއުލާނު ކުރި ފުރަބަންދަށް ލުއިދިނުމަށްފަހު ރާއްޖޭގެ ބޯޑަރު އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ.

"ޖުލައި މަހުގެ 15ވަނަ ބޯޑަރު ހުޅުވާލާ ބައިނަލްއަގުވާމީ ދަތުރުތައް ވައިގެ ބަނދަރުތަކުން ހުޅުވާލެވޭނެ. ހަމައެއާއެކު ރާއްޖޭގެ ރިސޯޓުތައް ހުޅުވުމުގެ ހުއްދަ ދެވިގެންދާނެ" ރައީސް ޞާލިޙު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ޞާލިހު ވިދާޅުވީ ކުރިއަށް އޮތް އޮގަސްޓު މަހުގެ ތެރޭގައި ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ.

"ބޯޑަރު ހުޅުވާލާއިރު އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ރާއްޖެއަކީ ދަތުރު ކުރުމަށް ރައްކާތެރި ޤައުމެއްކަމަށް، ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް ޤައުމު ކަމަށްވާ ޖަރުމަނުވިލާތުން ކަނޑައަޅާފައިވުން" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ ބޯޑަރުތައް ހުޅުވާލަނީ ހުރިހާ ޤައުމަކަށް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!