"ހިޔާ ފުލެޓުތަކަށް މި ސަރުކާރުން ހަދަމުން ގެންދާ ގޮތުން އެތައްހާސް ރައްޔިތުންނަށް ނިކަމެތިކަން ލިބޭ"
ހިޔާ މަޝްރޫޢުގެ ދަށުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ސަރުކާރުން އަޅާފައިވާ 7،000 ފުލެޓާމެދު މި ސަރުކާރުން ކަންކުރާ ގޮތުން އެތައް ހާސް ރައްޔިތުންނަށް ނިކަމެތިކަން ލިބެގެންދާ ކަމުގައި ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ މިއަދު އޮތް ނޫސްވެރިން ބައްދަލުވުމުގައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅާ ގުޅިގެން މުޢިއްޒު ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ޞާލިޙު މިއަދު ވިދާޅުވެފައިވަނީ ހިޔާ މަޝްރޫޢުގެ ފުލެޓުތައް އެފުލެޓުތަކުގެ ޙައްޤުވެރިންނަށް ދެއްވާނެ ކަމުގައެވެ. ނަމަވެސް އެތަންތަނަށް މީހުން ވަންނައިރު ދޮރެއް ނުހުންނާނެ ކަމުގައެވެ. އަދި ޓައިލްސްވެސް ނުހުންނާނެ ކަމުގައެވެ.
އެކަމާ ގުޅިގެން މުއިއްޒު ކުރެއްވި ޓުވީޓުގައި މިފުލެޓުތަކަކީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނިންމައި ވަދެވޭ ގޮތަށް ކަންކަން ކުރީ ސަރުކާރުން އިންތިޒާމުކޮށްފައިވާ ފުލެޓުތަކެއް ކަމުގައެވެ. އެފުލެޓުތައް 2019 ވަނަ އަހަރުގެ ޖުލައި މަހުގައި ދިނުމަށް ސަރުކާރުން ނިންމާފައިވަނީ އެކީ ނިންމުމަށް ފަހުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
RY alhuvvan fettevi flat thah libeyne faraaithah kanda alhaa nimi,flat thakuge amalee masakkai ('fully finished' koh) nimmaa 2019 july mahu dhiriulhen feshey varah oi mashroou akah misarukaarun hahdhavamun gendhavaa goithakun ethah haas rayyithunnah dhera nikamethikan libigendhey
— Dr Mohamed Muizzu (@MMuizzu) June 23, 2020