ދުނިޔެ

ކޮވިޑް-19: ޗައިނާއިން އުފެއްދި ވެކްސިން ޔޫއޭއީ ގައި ޓެސްޓު ކުރަނީ!

ދެން އެމްވީ ، ދެން އޮންލައިން

ބީޖިންގް (ރޮއިޓާސް) : ޗައިނާ ނޭޝަނަލް ބަޔޮޓެކް ގްރޫޕް (ސީއެންބީޖީ) އިން ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އުފައްދާ ވެކްސިންގެ ސާމްޕަލެއް، ޔުނައިޓެޑް އަރަބް އެމިރެޓްސް (ޔޫއޭއީ) ގައި ޓެސްޓު ކުރުމުގެ ހުއްދަ ލިބިއްޖެއެވެ.

Ads by Sosun Fihaara

ޗައިނާގައި މިވަގުތު މިބަލި މުޅިން އަލަށް ޖެހުނު މީހެއް ނެތުމުގެ ސަބަބުން، އެޤައުމުން މަސައްކަތް ކޮށްފައިވަނީ އެހެން ޤައުމެއްގައި ވެކްސިން ޓެސްޓު ކުރުމަށެވެ.

ޗައިނާއިން ބުނިގޮތުގައި އެމީހުން މިވެކްސިންތައް ޓެސްޓު ކުރަން ބޭނުންވީ ދުނިޔޭގެ ނިސްބަތަށް ބަލާއިރު އެންމެ ގިނައިން މިބަލި ފެތުރިފައިވާ ޤައުމުތަކުން ޤައުމެއްގައެވެ.

އެގޮތުން ޔޫއޭއީ ގައި މިވެކްސިން ޓެސްޓު ކުރުމަށް ފުރުސަތު ލިބިފައިވާ ކަމަށް ސީއެންބީޖީ އިން ވަނީ މީސްމީޑިއާގައި ހާމަ ކޮށްފައެވެ. ނަމަވެސް ޗައިނާއިން އުފެއްދި މިވެކްސިނަށް ކިޔާ ނަމެއް އެޤައުމުން ހާމަ ކޮށްފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!