ޚަބަރު

އާރްސީސީން ހުޅުމާލޭގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

ދެން އެމްވީ ، ދެން އޮންލައިން

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އިން ހުޅުމާލޭގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފިއެވެ.

ދެ ބުރިއަށް އިމާރާތްކުރާ މި މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވީ ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމެވެ.

އާރްސީސީ އަކީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމްގެ އާއިލީ ކުންފުންޏެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ މި މިސްކިތުގައި 1300 މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭނެ ކަމަށާއި މި މިސްކިތަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް އިރުގެ ހަކަތަ ބޭނުން ކުރާނެ ކަމަށެވެ. އަދި މިސްކިތެއް ބިނާކުރުމަކީ އެ އާއިލާއިން ވަރަށް ކުރިއްސުރެ އުއްމީދުކުރަމުން އައި ކަމެއް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ހުޅުމާލެ ނެއިބަހުޑް 2ގައި މިރިހިމަގަށް ވާގޮތަށް އޮތް ހުސްބިމުގައި އިމާރާތްކުރާ މި މި މިސްކިތަކީ މިހާތަނަށް ހުޅުމާލޭގައި އިމާރާތްކުރާ އެންމެ ބޮޑު މިސްކިތެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!