Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިސް ފަނޑިޔާރު ޝުޖާއު އާއި އިތުރު ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަނީ

ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ އާ މައްސަލައަކާއި އިތުރު އެހެން ބައެއް ފަނޑިޔާރުންގެ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީ މިއަދު ބުނީ އެ ކޮމިޝަނުން އިއްޔެ ބޭއްވި ބައްދަލު ވުމުގައި އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ އިތުރުން އިތުރު ދެ ފަނޑިޔާރެއްގެ މައްސަލަ ބަލަން ތަހުގީގު ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ.

އެގޮތުން ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރާއި، ފެމިލީ ކޯޓްގެ ގާޒީ އަބްދުﷲ އަދީބުގެ މައްސަލަ އެ ކޮމެޓީން ތަހުގީގު ކުރާނެ އެވެ.

މީގެ އިތުރުން، ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ސަސްޕެންޑް ކުރަން އެ ކޮމިޝަނުން ކުރިން ނިންމާފައިވާތީ، އެ ޖުޑީޝަލް ދާއިރާ ހިންގުން ދ. ކުޑަހުވަދޫ ކޯޓުގެ މެޖިސްޓްރޭޓް އަބްދުލްގާދިރު އާދަމްއާ ހަވާލު ކުރަން ވެސް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް ބަޔާނުގައި ވެ އެވެ.

ޝުޖާއު އުސްމާނަކީ ސިޔާސީ ބޮޑެތި މައްސަލަތައް ދަށުކޯޓުގައްޔާއި ހައިކޯޓްގައި ވެސް ބައްލަވައި ހުކުމް ކުރައްވާފައިވާ ފަނޑިޔާރެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓްގެ ބެންޗްގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.

Advertisement
Ooredoo — Truecaller (box)

ޝުޖާއުގެ މައްސަލައެއް ބަލަން ނިންމިއިރު، ޖޭއެސްސީން ކުރިން ވެސް އޮތީ އޭނާގެ އެހެން މައްސަލައެއް ބަލަން ނިންމައި، ތަހުގީގު ކޮމިޓީއެއް އެކުލަވާލައިފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް