ޚަބަރު

ސަރުކާރުގެ ޒީރޯ ޓޮލަރެންސްގެ ސިޔާސަތަށް މުސްތަފާ ފާޑުކިޔައިފި

ދެން އެމްވީ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ޒީރޯ ޓޮލަރެންސްގެ ސިޔާސަތަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ފާޑު ކިޔައިފިއެވެ.

މުސްތަފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ޒީރޯ ޓޮލަރެންސް އާ ބެހޭގޮތުން ސަރުކާރު ހިތްހަމަނުޖެހޭ ގޮތަކަށް ވާހަކަދައްކާ މީހުން ބޮއިކޮޓް ކުރަން ކުންފުނިތަކުގެ ވެރިން ދަނީ މީޑިއާތަކަށް އިންޒާރުދެމުން ކަމަށެވެ.

"ޒީރޯ ޓޮލަރެންސް ހިންގޭނީ މިވަރަށް. ފާޑުކިޔާ މީހާއެއީ ކުށްވެރިއެއް،" މުސްތަފާ ވިދާޅުވިއެވެ.

ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ސިޔާމް ސަސްޕެންޑުކުރުމަށް ރައީސް އޮފީހުން އެނގުމުން ވަގުތުން އޭނާ ސަސްޕެންޑުކުރިއެވެ. ޝަޒައިލަކީ އެމްއާރްއެމްގެ ބޭފުޅެކެވެ. ނަމަވެސް ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރަޝީދު ސަސްޕެންޑުކޮށްފައެއްނުވެއެވެ. އަދި އެ މައްސަލަ ސަރުކާރުން ބަލާފައެއް ވެސް ނުވެއެވެ.

މިކަމާ ގުޅިގެން ސިޔާސީ އެކި ފަރާތްތަކުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!