ޚަބަރު

އައިޖީއެމްއެޗުގައި ހަދާ ކޮވިޑް ޓެސްޓަށް ޑަބްލިއުއެޗްއޯ އިން 100 ޕަސެންޓް ދީފި

ދެން އެމްވީ ، ދެން އޮންލައިން

އައިޖީއެމްއެޗުގައި ކޮވިޑް-19 އަށް ހަދާ ޓެސްޓްތަކަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން 100 ޕަސެންޓް ދީފި އެވެ.

Ads by STELCO

އެ ހޮސްޕިޓަލުން އިއްޔެ ކުރި ޓްވީިޓުގައި ބުނީ ކޮވިޑަށް ޓެސްޓުކުރުމުގެ ގާބިލްކަން ހުރި މިންވަރު ބެލުމަށްޓަކައި ޑަބްލިއުއެޗްއޯގެ އެކްސްޓާނަލް ކޮލެޓީ އެޝުއަރެންސް ޕެނަލް އިން ފޮނުވި ސާމްޕަލްތަކުގެ ނަތީޖާ ދިމާކުރުމުން 100 ޕަސެންޓް މާސްކް ދީފައިވާ ކަމަށެވެ.

އެހެންވެ، އެ ހޮސްޕިޓަލުން ހަދަމުން އަންނަނީ ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭ ޓެސްޓުތަކެއްކަން ކަށަވަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ އަދި ރާއްޖެ އިން ވެސް ފެނިފައިވާ ކޮވިޑް-19 އަށް ރާއްޖޭގައި އެންމެ ފުރަތަމަ ޓެސްޓުކުރަން ފެށީ ވެސް އައިޖީއެމްއެޗުގައި، މިދިޔަ ފެބްރުއަރީ 29 ގަ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ގިނަ އަދަދެއްގެ ޓެސްޓުތަކެއް ވަނީ ހަދައިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!