ޚަބަރު

ވިލާގެ އެންމެ ރިސޯޓެއް ފިޔަވައި އެހެން ރިސޯޓުތައް ހުޅުވާނީ އޮގަސްޓު މަހު

ދެން އެމްވީ ، ދެން އޮންލައިން

ވިލާ ހޮޓެލްސް އެންޑް ރެޒޯޓްސް އިން ހިންގާ ރިސޯޓުތަކުގެ ތެރެއިން އެންމެ ރިސޯޓެއް ފިޔަވައި އެހެން ރިސޯޓުތައް ހުޅުވާނީ އޮގަސްޓު މަހުގެ ތެރޭގައި ކަމަށް އެ ކުންފުނިން ބުނެފިއެވެ.

Ads by Sosun Fihaara

ިވިލާ އިން ބުނީ އެ ކުންފުނިން ހިންގާ ޕެރެޑައިސް އައިލެންޑް ރިސޯޓު ޖުލައި 15 ގައި ހުޅުވާނެ ކަމަށެވެ. އަދި ވިލާ އިން ހިންގާ އިތުރު ރިސޯޓުތަކުގެ ތެރެއިން ސަން އައިލެންޑް، ފަން އައިލެންޑް އަދި ރޯޔަލް އައިލެންޑް ހުޅުވަން ހަމަޖެހިފައި ވަނީ އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެންނެވެ.

ވިލާގެ ރިސޯޓުތަކަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ ތެރެއިން ޖުލައި 15ގެ ކުރިން ބުކިން ހައްދާފައިވާ ޓޫރިސްޓުންނަށް އިތުރު ޗާޖަކާ ނުލައި ތާރީހު ބަދަލު ކުރެވޭނެ އެވެ. އަދި މި ވަގުތު ދަތުރުކުރަން ބޭނުން ނުވާ މީހުންނަށް އެއްވެސް ޗާޖަކާ ނުލައި ބުކިން ކެންސަލް ކުރެވޭނެ ކަމަށް ވެސް ވިލާ އިން ބުންޏެވެ.

ވިލާ އިން ވަނީ ރިސޯޓުތަކުގެ މުވައްޒަފުންނާ ޓޫރިސްޓުންގެ ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. މީގެ ތެރޭގައި ޓޫރިސްޓުންގެ ހުން ބެލުމާއި ވިލާތަކާއި ލައުންޖުތައް ޑިސްއިންފެކްޓު ކުރުމާއި މުވައްޒަފުންނާއި ޓޫރިސްޓުންނާ ދެމެދު ސޯޝަލް ޑިސްޓެންސިން ބެހެއްޓުން ހިމެނެ އެވެ.

ރާއްޖޭގެ ބޯޑަރު އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމާއެކު އެ މަހުގެ ތެރޭގައި ދެބައިޅު އެއްބައި ރިސޯޓުތައް ހުޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވާނެ ތާރީހު އިއުލާން ނުކުރަނީސް ވެސް 41 ރިސޯޓުން ޖުލައި މަހު ހުޅުވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށާއި، އަދި 30 ރިސޯޓަކުން ބޯޑަރު ހުޅުވާނެ ތާރީހު ލިބުމުން ހުޅުވާނެ ތާރީހެއް ކަނޑައަޅާނެ ކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!