ކޮވިޑްގެ ސަބަބުން ސިކުނޑީގެ ބަލިތައް ޖެހުމުގެ ފުރުސަތު އޮވޭ: ދިރާސާ
ކޮވިޑް-19ގެ ސަބަބުން ސިކުނޑިއަށް ސްޓްރޯކް ޖެހުމާއި ސައިކޮސިސް ޖެހުމުގެ ފުރުސަތު އެބަ އޮތް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
މި ދިރާސާއަކީ ޑޮކްޑަރުންގެ އޮބްޒަވޭޝަންގެ މައްޗަށް ތައްޔާރުކޮށްފައިވާ ކުޑަ ދިރާސާއެއް ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުގައި މިކަން އިތުރަށް ތަހުގީގުކުރަން ޖެހެއެވެ
ޔުނިވާސިޓީ އޮފް ލިވަޕޫލްގެ ޑޮކްޓަރެއް ކަމަށްވާ ބެނެޑިކް މައިކަލް ބުނީ ކޮވިޑް ޖެހިގެން ސިކުނޑިއަށް ގެއްލުވެ ނަފްސާނީ މައްސަލަ ޖެހޭ ކަމަށް މަދުން ނަމަވެސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭނާ ބުނީ އެ ދިރާސާއަކީ ޔޫކޭގައި އެގޮތަށް ކުރި ފުރަތަމަ ދިރާސާ ކަމަށާއި ދިރާސާގައި ފޯކަސް ކޮށްފައވާނީ ކޮވިޑް ޖެހިގެން ސީރިއަސްވާ ކޭސްތަކަށް ކަމަށެވެ.
އެގޮތުން ރިޕޯޓުކުރި 125 ކޭސްގެ ތެރެއިން އެންމެ ގިނައިން އޮބްޒާވް ކުރެވުނު ސިކުނޑީގެ މައްސަލަ އަކީ ސްޓްރޯކެވެ. އެގޮތުން ސްޓްރޯކް ޖެހިގެން 77 މީހަކު ވަނީ ރިޕޯޓު ކޮށްފައެވެ. މީގެ ކުރިން އެނގިފައިވާ ގޮތުގައި ބައެއް ކޮވިޑް ކޭސްތަކުގައި ފުއްޕާމޭގައި ލޭގަނޑުވެ ދުޅަވެއެވެ.
ޑރ. މައިކަލް ބުނި ގޮތުގައި ކޮވިޑް-19އާ ސިކުނޑީގެ ބަލި ޖެހުމާ ސީދާ ގުޅުމެއް އޮތްތޯ ޔަގީން ކުރުމަށް އިތުރު ދިރާސާތައް ކުރަން ޖެހޭ ކަމަށެވެ.