ޚަބަރު

އުމުރުން ދުވަސްވީ މީހަކު ގެސްޓު ހައުސްއަކަށް ވައްދައި ފޭރިގެންފި

އުމުރުން ދުވަސްވީ މީހަކު މާލޭގެ ގެސްޓްހައުސްއަކަށް ވައްދައި އޭނާގެ އަތުން ފައިސާތަކެއް މިއަދު ފޭރިގެންފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދުވަސްވީ ފިރިހެނަކު ގެސްޓް ހައުސްއަކަށް ވައްދައި، އޭނާގެ އަތުން ފޭރިގަތީ 4،000 ރުފިޔާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން 41 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފޭރިގަތް ކަމަށް ބެލެވޭ ފައިސާ ވެސް އެ މީހުންގެ އަތުން ފެނިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އަދި ފިރިހެން މީހާގެ އަތުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓެއް އޮތް ކަމަށް ވެސް މައުލޫމާތު ދިނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!