ސައީދު، އެމްޑީޕީއަށް: ހާމަވަނީ އެކެއްގެ މުށުތެރޭ މާބޮޑަށް ތާށިވެފައިވާކަން!
ހާމަވަނީ އެކެއްގެ މުށުތެރޭ މާބޮޑަށް ތާށިވެފައިވާކަން ކަމަށާއި ފަނާކުރުވަނިވި ސިޔާސަތު ބަދަލުނުވާކަން ކަމަށް ވިދާޅުވި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެމްޑީޕީއަށް ފާޑުވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ އެމްޑީޕީއަށް 15 އަހަރު ފުރުމާ ގުޅިގެން އެ ޕާޓީގެ އިސްވެރިންނަށް އަމާޒުކޮށް ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން ސައީދު ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުމުން އިކޮނޮމީ އިނދަޖެހޭ ކަމަށާއި ކޮރަޕްޝަން އިތުރުވާ ކަމަށެވެ. އަދި ޖުޑީޝަރީ މާބޮޑަށް ދޯޅުވެ ބިރުދައްކައި ބާރުތައް އެފުށް މިފުށަށް ޖާހަކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
Haamavanee ekegge mushutherey maabodah thaashivefai vaakan. Fanaakuraa siyaasathu badhalu nuvaakan. Verikan libumun economy indhajeheykan. Corruption ithuruvaakan. Judiciary aai maabodah dhoalhuve birudhakkaakan. Baaruthah efu’h mifush’ah jahaakan. pic.twitter.com/24mvJp9YUF
— Mohamed Saeed (@em_saeed) June 26, 2020
އެމްޑީޕީގެ 15 ވަަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން މިރޭ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރިހާ ސިޔާސީ ވާދަވެރިން ރޫޅިއްޖެ ކަމަށާއި ދެންވެސް ކަންކަން ކުރެވޭނީ އެމްޑީޕީއަށް ކަމަށެވެ.
އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ފޮނުއްވާފައެވެ.