ކުޅިވަރު

ސަޕޯޓަރުން ނުވައްދައި މެޗު ކުޅެން ޖެހުނަސް ޓީވީން މެޗު ބަލާ މީހުންނަށް ހިތްހަމަޖެހުމެއް!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ ބޮޑެތި ލީގު ތަކުގެ މެޗުތައް މެދުކަނޑާލަން ޖެހުނުނަމަވެސް މިހާރު ހުރިހާ ލީގެއް ވެސް ވަނީ ފަށާފައެވެ.

Ads by MWSC

"ނިއު ނޯމަލް"ގައި ގިނަ ލީގުތަކުގެ މެޗުތައް ކުޅެނީ ސަޕޯޓަރުން ނުވައްދައެވެ. މިކަމުގެ ސަބަބުން މެޗުގެ ފޯރިއަށް އަސަރުކުރެއެވެ. ނަމަވެސް ގިނަ ބްރޯޑްކާސްޓަރުން އަންނަނީ މިކަން ފަޅުފިލުވައިދިނުމުގެ ގޮތުން ސަޕޯޓަރުންގެ އަޑު ހިމަނައިގެން މެޗުތައް ލައިވްކުރަމުންނެވެ. މިގޮތުން ލަލީގާގެ މެޗުތައް ދައްކަނީ މި ސީޒަންގެ ކުރީކޮޅު މެޗުތަކުގެ ސަޕޯޓަރުންގެ އަޑު ހިމަނައިގެންނެވެ. ޕްރިމިއަރ ލީގުގައި ބޭނުންކުރަނީ ފީފާ ގޭމްގައި ބޭނުންކުރާ ސަޕޯޓަރުންގެ އަޑެވެ.

ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެން ޖެހުމުން ލިބިފައިވާ މާޔޫސްކަމާއިއެކުވެސް ޓީވީން މެޗު ބަލާ މީހުންނަށްވަނީ ހިތްހަމަ ޖެހުމެއް ލިބިފައެވެ. އެއީ ކުޅުންތެރިންނާއި ކޯޗުން ދައްކާ ވާހަކަ އަޑު އިވުމެވެ.

މިގޮތުން ބައެއް މެޗުތަކުގައި ކުޅުންތެރިއަކު އެއް ކުޅުންތެރިއަކަށް ގޮވާ އަޑާއި، ހަޅޭލަވާ އަޑުތަކާއި، ކޯޗުން ދައްކާ ވާހަކަތައްވެސް ސާފުކޮށް އިވެއެވެ. ވަކިން ޚާއްސަކޮށް މެޗަށްފަހު ކޯޗުން ސަލާންކުރަންގޮސް ދައްކާ ވާހަކައާއި ކުޅުންތެރިން ދައްކާ ވާހަކަ އަޑުއިވެއެވެ.

އާންމުކޮށް މެޗަށް ފަހު ކޯޗުން ވާހަކަ ދައްކާ އަޑު އެ ދެމީހުންނަށްވެސް އިވެނީ ކަންފަތް ބުޑުގައި އަތް އަޅައިން ވާހަކަދައްކައިގެންނެވެ. އެއީ ސަޕޯޓަރުން މެޗަށްފަހު އުފާފާޅުކުރާތީއެވެ. އަދި ކުޅުންތެރިންވެސް އުޅެނީ ހަމަ މިގޮތަށެވެ. މިހާރު އެކަމަކު އެއްވެސް ހުރަހެއް ނެތި ހަމަޖެހިލައިން ތިބެ ކުޅުންތެރިންނަށްވެސް ވާހަކަދެއްކެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން މަޑު މަޑުން އަރައިގަންނަ މި ދަނޑިވަޅުގައި ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވުނުނަމަވެސް އެކަމުގެ ފަޅުކަން ފިލުވައިދިނުމަށް ގިނަ ޓީމްތައް ވަރަށް ގިނަ ކަންކަން އަންނަނީ ކުރަމުންނެވެ. މިގޮތުން ސަޕޯޓަރުންގެ ފޮޓޯތައް ސްޓޭޑިއަމްތަކުގެ ސީޓުތަކުގައި ހަރުކުރުމާއި، ސްޓޭޑިއަމްގެ ލެޑް ވޯލްތަކުގައި ޒޫމްކޯލް މެދުވެރިކޮށް ސަޕޯޓަރުންނައި ގުޅައި އެމީހުން ފެންނަ ގޮތަށް ބަހައްޓާއިރު، ކުޅުންތެރިންވެސް މި ދުވަސްވަރު ސޯޝަލް މީޑީޔާގައި އެކްޓިވްކަން ފާހަގަކޮށްލެވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!