ޚަބަރު

"ރޭޕް ވަނީ ހަމަ ދާތީ" ފަސޭހަ ރިޗާޖުގެ އުވައިސް ހޫނު ފެނަށް

ދެން އެމްވީ ، ދެން އޮންލައިން

ރޭޕް ގެ ޝިކާރައަކަށް ވާ އަންހެނުން ރޭޕް ކުރެވެނީ އެމީހުން ތަންތަނަށް ދާތީ ކަމުގައި ދޭހަވާ ފަދަ އިބާރާތަކުން ވާހަކަދެއްކުމުން ފަސޭހަ ރިޗާޖުގެ މޭސްތިރިޔާ އަލީ އުވައިސް މީސް މީޑިއާ ގައި ހޫނުފެނަށް ވެއްޓިއްޖެއެވެ.

Ads by STELCO

އުވެއިސް މިހެން ބުނެފައިވަނީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައާ ގުޅިގެން ކުރި ކޮމެންޓެއްގައެވެ.

އެގޮތުން ރޭޕް ވަނީ ހަމަ ދާތީ ކަމަށާ ޕާޓީ ކުރަން ރިސޯޓުތަކަށާއި ސަފާރީ ތަކަށް ދާން ނުޖެހޭނެ ކަމަށް އެ ކޮމެންޓުގައި ބުނެފައިވެއެވެ.

" ގޭގަ އޮއްވަ ވެސް ނުވެޔެކޭ ވެސް ނުކިޔާ" އުވެއިސް އިތުރަށް ބުނެފައިވެއެވެ.

ގިނަ ބަޔަކު އަންނަނީ އުވެއިސް ގެ މި ކޮމެންޓާއި ގުޅިގެން އޭނާ އާ ދެކޮޅަށް ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ގިނަ ބަޔަކު އަންނަނީ ރޭޕް ވަނީ ރޭޕް ގެ ޝިކާރައަށް ވާ އަންހެން މީހާގެ ސަބަބުން ނޫން ކަމަށް ބުނެފައެވެ. އަދި ގޭގައި ތިބޭ ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ފުރައްސާރަތައް ކުރިމަތިވަނީ ކޮންތާކަށް ގޮސްގެން ތޯ ވެސް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

މިކަމާ ގުޅިގެން އުވެއިސް ހިންގަމުން އަންނަ ރިޗާޖު ކުރެވޭ އެޕެއް ކަމުގައިވާ ފަސޭހަ ރިޗާޖު ބޮއިކޮޓު ކުރުމަށް މީސް މީޑިއާ ގައި ވަނީ ކެމްޕެއިނެއްވެސް ފަށާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!