Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސިވިލް ސާވިސް ގަވައިދަށް ހިޔާލު ހުށަހަޅަން ހުޅުވާލައިފި

ސިވިލް ސާވިސްގެ ގަވައިދު އިސްލާހު ކުރަން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ސިވިލް ސާވިސް ކޮމިޝަން (ސީއެއްސީ) އިން ހުޅުވާލައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިވިލް ސާވިސް ގަވައިދަށް އަމަލުކުރަން ފެށީ 2014 ވަނަ އަހަރު ކަމަށެވެ.

އެހެންކަމުން ސިވިލް ސާވިސް ގަވާއިދު އަލުން މުރާޖާކޮށް އިސްލާހު ގެނައުމުގެ މަސައްކަތް ކޮމިޝަނުން މިހާރު ކުރަމުންދާ ކަމަށްވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ސިވިލް ސާވިސް ގަވާއިދަކީ ސަރުކާރުގެ އިދާރާތަކާއި، ސިވިލް ސާވިސް މުވައްޒަފުންނާއި އާންމު ރައްޔިތުންގެ ހައްގުތަކެއް ހިމެނޭ ގަވާއިދަކަށް ވާތީ މިގަވައިދު އަލުން އިސްލާހުކުރާއިރު އާންމުންގެ ހިޔާލު ލިބުމަކީ މުހިއްމު ކަމެއް ކަމަށްވެސް ކޮމިޝަނުން ބުނެ އެވެ.

މިގަވައިދަށް އިސްލާހު ހުށަހަޅަން ފުރުސަތު ދީފައިވަނީ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތެވެ.

ސިވިލް ސާވިސް ކޮމިޝަނުން އިތުރަށް ބުނެފައިވަނީ އިސްލާހުތައް އީމެއިލް އިން ވެސް އަދި ސީޓީން ވެސް އެ ކޮމިޝަނަށް ހުށަހެޅިދާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް