ޚަބަރު

މީހުން މެރުމަށް ކުޑަކުދިންނަށް ހިތްވަރު ދޭ ގޭމްތައް ހުއްޓުވަނީ

ދެން އެމްވީ ، ދެން އޮންލައިން

މީހުން މެރުން ފަދަ ބޮޑުތި ކުށްތައް ކުރުމަށް ކުޑަކުދިންނަށް ހިތްވަރު ލިބޭ ގޭމްތައް ހުއްޓުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ

Ads by STELCO

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އިންޓަނެޓްގެ މެދުވެރިކޮށް ކުދިން ހުށަހެޅެނީ ހަމައެކަނި ޖިންސީ އަނިޔާތަކަށް އެކަނި ނޫން ކަމަށެވެ. އެގޮތުން ކުދިން ކުޅޭ އޮންލައިން ގޭމްތަކުގެ ތެރޭގައި ވަރަށް ނުރައްކާތެރި ގޭމް ހުންނަ ކަމަށާއި އެފަދަ ގޭމްތައް ކުޅެގެން ކުއްޖާގެ ސިކުނޑި ވައިލަންޓްވެ އެހެން ފަރާތްތަކަށް އަނިޔާދީ މީހުން މެރުމަށް ހިތްވަރު ލިބިގެންދާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"މި ސަބަބާހުރެ އަޅުގަނޑުމެން ބޭނުންވަނީ ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތައް އެކީގައި މިކަމަކީ ބޮޑު ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކޮށްގެން އަޅުގަނޑުމެންގެ ތެރޭގައި މިކަން ހުއްޓުވަން މަސައްކަތްތަކެއް ކުރަން. އެހެންވީމަ އެ މަސައްކަތް ކުރަން އަޅުގަނޑުމެން މިހާރު ވެސް މަސައްކަޔް ފަށާފައިވާ ވާހަކަ ދަންނަވަން ބޭނުންވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މަލްޓިޕްލޭޔާ އޮންލައިން ގޭމްތައް ކުޑަކުދީން ކުޅޭއިރު އެކަމަށް ބެލެނިވެރިން ސަމާލުވުމަށާއި އެ ކުދީންނަށް ގޭމް ކުޅެން ވަކި ވަގުތެއް ކަނޑައެޅުމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއިން ވެސް ދާދި ފަހުން ވަނީ އިރުޝާދު ދީފި އެވެ.

ޖެންޑާ މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ކުޑަކުދިންނާއި ގުޅުންހުރި އަނިޔާގެ 387 މައްސަލައެއް ވަނީ ހުށައަޅާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!