ރިސޯޓެއްގައި މޫދަށް އެރެނިކޮށް ކަމަށްބުނެ ދައުރުވަމުން ދަނީ ރައީސް ސޯލިޙުގެ ފޮޓޯއެއް ނޫން: ހޫދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިސޯޓެއްގައި މޫދަށް އެރުއްވަނިކޮށް ކަމަށް ބުނެ ދައުރުވަމުން ދަނީ އެކަނިކުފާނުގެ ފޮޓޯއެއް ނޫންކަމަށް ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.
އެޗްޕީއޭގެ ޤަވާއިދުތަކާއި ހިލާފަށް ރައީސް ސޯލިހާއި ނަޝީދު ރިސޯޓެއްގައި އުޅުއްވާ ފޮޓޯއެއް ކަމަށް ބުނެ އޮންލައިން ނޫސް ދިޔަރެސްގައި ޖަހާފައިވާ ހަބަރަކަށް ކޮމެންޓު ކުރައްވަމުން ހޫދު ވިދާޅުވީ އެއީ ރައީސުލްޖުމްހޫރިއްޔާ ނޫން ކަމަށެވެ. އަދި އެމަނިކުފާނު ލޮކްޑައުންއާއި ގުޅިގެން މާލެއިން ބޭރަށް އެއްވެސް ތަނަކަށް ވަޑައި ނުގަންނަވާ ކަމަށްވެސް ހޫދު ވިދާޅުވިއެވެ.
ހޫދު ވިދާޅުވީ މިއީ ނޫސްވެރިކަން ނޫން ކަމަށާއި މިއީ ރައީސްގެ އަގުވައްޓާލުމަށް ހިންގާ ހަޤީގަތެއްނެތް ޖަރީމާއެއް ކަމަށެވެ. ޚަބަރާއި ގުޅިގެން އެއީ ރައީސް ޞޯލިޙް ނޫންކަމަށް ވިދާޅުވުމުންވެސް ދިޔަރެސް ނޫހުން އެ ޚަބަރު ނަގާފައި ނުވާ ކަމަށް ހޫދު ވިދާޅުވިއެވެ.
That’s not the President. He’s been in Malé the whole time. This isn’t journalism it’s slander. Even when I corrected them dhiyares hasn’t bothered to take this down. https://t.co/WicobtHI9e
— Ibrahim Hood (@MvSpokesperson) June 28, 2020