ދުނިޔެ

ލޮކްޑައުން ގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވޭ: ދިރާސާ

ދެން އެމްވީ ، ދެން އޮންލައިން

ލޮކްޑައުން ކޮށްފައިވާ މުއްދަތު މާބޮޑަށް ދިގުލައިގެން ދާނަމަ އޭގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށި ކޮށްލުމަށް މަގުފަހިކުރުވާ ކަމަށް އޮކްސްފޯޑުގެ ޕްރޮފެސަރެއް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޕްރޮފެސަރު ސުނެތްރާ ގުޕްތާ ވިދާޅުވީ މާ ބޮޑަށް އެކަހެރިވެ އިޖުތިމާއީ ގައިދުރު ކަން ދެމެހެއްޓުން މާ ދިގުލައިގެން ގޮސްފިނަމަ އެމީހާގެ ގަޔަށް ބެކްޓީރިއާ އާ ވައިރަސް ތަށް ވަނުމުން މާ ބޮޑަށް ސަލާމަތް ވެގެންދާ ކަމަށެވެ. އޭގެ ސަބަބުން އަލުން މުޖުތަމައުގެ ތެރެއަށް ނިކުންނަ އިރު ބެކްޓީރިއާ އާ ވައިރަސް އާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ އެއްވެސް ބާރެއް ނުހުންނާނެ ކަމަށް ސުނެތްރާ ފާހަގަކުރެއްވިއެވެ.

އޭނާގެ ޓީމުން ވަނީ މިކަމުގެ މައްޗަށް އިނގިރޭސިވިލާތުގައި ދިރާސާއެއްވެސް ކޮށްފައެވެ. އެގޮތުން މި ދިރާސާއިން ދައްކާ ގޮތުގައި އިނގިރޭސިވިލާތުގައި ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. އަދި އެކަމުގެ ސަބަބުން 'ހާޑް އިމިއުނިޓީ' ނުވަތަ އާބާދީ ގެ ބޮޑުބައި ވަނީ ވައިރަހުން އަރައިގަނެވޭ ވަރުގެ ދިފާއީ ނިޒާމެއް އެމީހުންގެ ހަށިގަނޑުގައި ގާއިމްވެފައެވެ.

މީގެ އިތުރުން މި ދިރާސާ ރިޕޯޓުގައި ވަނީ 3 މަސް ދުވަހަށް ގައުމު ލޮކްޑައުން ކޮށްފައިވުމީ މާ ދިގު މުއްދަތެއް ކަމަށް ފާހަގަކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!