Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މާލެ ޖަލުން ނެގި 101 ސާމްޕަލް ނައްސި ވެއްޖެ

މާލެ ޖަލުން ނެގި 101 ސާމްޕަލް ނައްސި ވެއްޖެ

މާލެ ޖަލުން ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ނެގި 101 ސާމްޕަލް ނައްސިވެފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

މާލެ ޖަލުން ސާމްޕަލް ނަގާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އެ ޖަލުގެ ސާމްޕަލް ނަގާފައި ވަނީ އީއެސްޖީ އޮފިސަރެއް ކޮވިޑަށް ފައްސިވުމާ ގުޅިގެންނެވެ.

މާލެ ޖަލު އޮފިސަރެއް ކޮވިޑަށް ފައްސިވެފައިވާއިރު ކްރިމިނަލް ކޯޓުގެ، ކޯޓު އޮފިސަރަކު ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

Advertisement
Allied — Dhen Online (box)

މިއަދުވެސް ރާއްޖެއިން 19 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ 7 ދިވެހިންނާއި ބަންގްލަދޭޝް 10 މީހަކާއި އިންޑިއާ ދެ މީހެކެވެ.

ރާއްޖެއިން މި ބައްޔަށް 2324 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައިވާއިރު މިހާރު ފަރުވާ ދެމުން ދަނީ 400 މީހަކަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް