ޚަބަރު

ބްރިޖަށް އަރަން ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ޕާކް ތެރެއަށް ވެއްޓިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ސިނަމާލެ ބްރިޖަށް އަރަން ދިޔަ ކާރެއް ކޮންޓްރޯލް ނުވެ އަޑި ޕާކް ތެރެއަށް ވެއްޓިއްޖެ އެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ ރޭ 12 ޖަހާ ކަން ހާއިރު މޫންލައިޓް ހިންގުމުން ދުއްވާފައި ދިޔަ ކާރު، ސިނަމާލެ ބްރިޖު ފެށޭ ހިސާބު ކައިރީ އޮންނަ ހެންވޭރު ޕާކް ތެރެއަށް ވެއްޓިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި އެކަމަކު ކާރުގެ ބަފަރުގެ ދެ ފަރާތުގެ އަރިމަތިން ގޭނި، ކާރުގެ ފަހަތު ބަފަރު ލޮކް ނެއްޓިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުގައި ޕާކް ތެރޭގައި ޖަހާފައި ހުރި ފެންސަށް ވެސް ގެއްލުން ލިބިފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި މި ކާރު ދުއްވީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ލައިސަންސް އޮންނަ މީހަކަށް ވިޔަސް، އެކްސިޑެންޓު ހިނގި ވަގުތު އަތުގައި ލައިސަންސް ނެތް ކަމަށް ފުލުހުން ބުންޏެވެ.

ކާރު ޓޯ ކުރުމަށް ފަހު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!