ޚަބަރު

2 އަހަރުގެ ކުއްޖާ ރޭޕް ކުރި މީހުންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ޣައްސާން ގޮވާލައިފި

ދެކުނުގެ ރަށެއްގައި އުމުރުން އެންމެ ދެ އަހަރުގެ ކުއްޖާ ރޭޕް ކުރި މީހުންނަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފިއެވެ.

ދެ އަހަރުގެ އެ ކުއްޖާ ރޭޕް ކޮށްފައި ވަނީ އެ ކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނި ކާފަ ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާއި ގުޅޭ ގޮތުން ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައުސޫމް ކުއްޖާއަށް އަވަސް ޝިފާއެއް ދެއްވުމަށާއި ހެޔޮ ރަހުމަތް ލެއްވުމަށް އެދި ދުއާ ކުރާ ކަމަށެވެ.

"މި ނުބައި އަމަލު ހިންގި މީހުންނަށް ދެވެން އޮތް އެންމެ ހަށުކަށި އަދަބުތަކެއް ލަސްނުކޮށް ދިނުމަށް ދައުލަތުގެ ކަމާބެހޭ މުއަސަސާތަކަށް އިލްތިމާސްކުރަން." ޣައްސާންގެ ޓްވީޓުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ރަށެއްގައި އުމުރުން ދުވަސްވީ މީހަކު، ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަންވަނީ ފަށާފަ އެވެ. ފުލުހުން ބުނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން ދުވަސްވީ މީހަކު، އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!