ޚަބަރު

ދެ އަހަރުގެ ރޭޕް ކުރި މައްސަލާގައި މީހަކު ހައްޔަރު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އުމުރުން ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

Ads by Hajj Corporation

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން ދެކުނު ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖާއަށް ތިން ފިރިހެނަކު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އޭގެ ތެރެއިން 62 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރު ކުރީ މިއަދު މެންދުރު ފަހު 3:03 ގައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގައި އެ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި އެކަން ކުއްޖާގެ ވާހަކަތަކުން އެނގޭ ކަމަށެވެ.

މިހާތަނަށް ބެލިބެލުމުން ކުއްޖާއަށް ޖިންސީގޮތުން ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. މިވަގުތު އެ ކުއްޖާއަށް ޖެންޑާާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރިއިރު އެ ކުއްޖާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!