މިހާތަނަށް ބެލިބެލުމުން ކުއްޖާއަށް ޖިންސީގޮތުން ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. މިވަގުތު އެ ކުއްޖާއަށް ޖެންޑާާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރިއިރު އެ ކުއްޖާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.
ރޭޕްގެ ތުހުމަތުގައި ކުއްޖާގެ ކާފަ އާއި މުނި ކާފަ ހައްޔަރުކޮށްފި
ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ތުހުމަތުވާ ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، މިއަދު މެންދުރު ފަހު އެ ރަށުން ހައްޔަރުކޮށްފައި ވަނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނަކާއި 81 އަހަރުގެ މީހަކު ކަމަށެވެ. އެ މައްސަލައިގައި ތުހުމަތު ވަނީ އެދެމީހުންގެ މައްޗަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ކަށަވަރުކޮށްދިން ގޮތުގައި ހައްޔަރު ކުރީ އަނިޔާލިބުނު ކުއްޖާގެ ކާފަ އާއި މުނި ކާފަ އެވެ. ކުއްޖާގެ ކާފައަކީ، މިސްކިތުގެ މުދިމެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. އޭނާގެ މައްޗަށް ކުޑަކުދިންނާ ބެހުމުގެ ތުހުމަތު މީގެ ކުރިން ވެސް ވަރަށް ބޮޑަށް ކުރެވިފައިވެ އެވެ.
އެނގިފައިވާ ގޮތުގައި ކުއްޖާ ރޭޕް ކުރުމުގައި އެ ކުއްޖާގެ ބައްޕަ ވެސް ވަނީ ބައިވެރިވެފައެވެ. ނަމަވެސް ފުލުހުން އަދި އޭނާ ހައްޔަރެއް ނުކުރެއެވެ.