Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކެފޭ، ރެސްޓޯރެންޓްތަކާއި ފިހާރަތައް ވަކި ގަޑިތަކެއްގައި ހުޅުވަން ހުއްދަ ދީފި

ކެފޭ، ރެސްޓޯރެންޓްތަކާއި ފިހާރަތައް ވަކި ގަޑިތަކެއްގައި ހުޅުވަން ހުއްދަ ދީފި

މާދަމާއިން ފެށިގެން ކެފޭތަކާއި ހޮޓާތަކާއި ރެސްޓޯރަންޓް އަދި ފިހާރަތައް ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް ހުޅުވުމުގެ ހުއްދަ ދީފި އެވެ.

ކޮވިޑް-19ގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ފިހާރަތަކާއި ކެފޭތަކާއި ހޮޓާ، ރެސްޓޯރަންޓްތައް ހެނދުނުން ފެށިގެން ރޭގަނޑު 10:00 އާ ހަމައަށް ހުޅުވައި ހިދުމަތް ދެވޭނެ ކަމަށާއި ހިދުމަތް ދެވޭނީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަަވަޅުތައް އަޅައިގެން ކަމަށެވެ.

އެގޮތުން ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީ ހެނދުނު 9 އަކުން ރޭގަނޑު 11 އަށް އަދި ޓޭކްއަވޭ ޚިދުމަތް ދިނުން ކުރިއެކޭ ވެސް އެއްފަދައިން ކުރިޔަށް ގެންދެވޭނެއެވެ.

Advertisement
Ooredoo — Square (box)

އަދި މާދަމާއިން ފެށިގެން ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިމުގެ ޚިދުމަތް ހެނދުނު 9 އަކުން ރޭގަނޑު 10 އަކަށް ދިނުމަށް ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން އެފަދަ ތަންތަނުގައި ޚިދުމަތް ދިނުމުގައި އެއްފަހާރާ އެތަނަކަށް ވަދެވޭނެ މީހުންގެ ޢަދަދު ފެންނަ ގޮތަށް ދޮރުމަތީގައި ބަހައްޓައި 3 ފޫޓުގެ ގައިދުރުކަން ހިފެހެއްޓޭ މިންވަރަށް މީހުންނަށް ތިބެވޭގޮތަށް އެތަންތަނުގެ އެތެރޭގެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ.

އެތެރޭގައި ޚިދުމަތް ހޯދާއިރު މާސްކް އެޅުމަށް ވެސް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް