Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކުއްޖާގެ ބައްޕަ އުޅުނު ފްލެޓް ކައިރީގައި ހަމަނުޖެހުންތަކެއް، ފުލުހެއްގެ ބޯ ފަޅާލައިފި

އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ އެ ކުއްޖާގެ ބައްޕަ ފިލައިގެން އުޅޭ ހުޅުމާލެ 108 ނަންބަރު ފުލެޓު ކައިރީގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން ފުލުހެއްގެ ބޯފަޅާލައިފި އެވެ.

އެ ކުއްޖާ ރޭޕްކުރި މައްސަލާގައި ފުލުހުން މިއަދު ވަނީ އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ހައްޔަރުކޮށްފައެވެ. އެ ކުއްޖާގެ ބައްޕަ ވެސް މިކަމުގައި ބައިވެރިވެފައިވާ ކަމަށް އެ ރަށުގެ ރައްޔިތުން ތުހުމަތު ކުރެއެވެ.

ތުހުމަތުތަކާއެކު ކޯޓު އަމުރެއް ނުލިބިގެން ފުލުހުންނަށް އޭނާ ހައްޔަރު ނުކުރެވި ލަސްވާތީ ހަވީރުން ފެށިގެން ގިނަ ބަޔަކު އޭނާ އުޅޭ ފްލެޓް ކައިރިއަށް އެއްވެ ފްލެޓަށް ގެއްލުންދީފައިވެއެވެ.

Advertisement
HDC — Sidebar (box)

ނަމަވެސް ކޯޓު އަމުރު ލިބުމާއެކު މިހާރު އެ ކުއްޖާގެ ބައްޕަ ވަނީ ފުލުހުން ހައްޔަރުކޮށް ދޫނިދުއަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ ކުއްޖާގެ ބައްޕަ އުޅުނު ފްލެޓް ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހަކަށް އަނިޔާ ލިބިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އާންމުންނާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ތިން ފުލުހަކަށް އަނިޔާ ލިބިގެން، އެ ގޭ ތެރޭގައި ފަރުވާ ދެމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް