ޚަބަރު

ސަފާރީ ކޭސް މަޖިލީހުގެ ތެރެއިން ތަހުގީގު ކުރާތީ ބާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ ތަހުގީގާމެދު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

Ads by MWSC

އެ މައްސަލާގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެން މީހާ ރުހޭ ނަމަ އޭނާ ކޮމިޓީއަށް އައިސް މައުލޫމާތު ދިނުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ ނިންމާފައެވެ. އަދި ސީނަށް ދިޔަ ފުލުހުންނާއި ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ އިންޗާޖާ ބައްދަލުކުރުމަށް ވެސް ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

އެ ތުހުމަތުތައް މަޖިލީހަށް އަމާޒުވެފައިވަނިކޮށް، މިރޭ ބާ ކައުންސިލުން ކުރި ޓުވީޓެއްގައި ވަނީ މަޖިލީހުން ސަފާރީ މައްސަލައާ މެދު އަމަލު ކުރަމުންދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި މައްސަލައިގައި އިންކުއަރީ ހިންގެވުމުގައި ގާނޫނުއަސާސީގެ 5، 6، 7 ވަނަ މާއްދާ އާއި 244 ވަނަ މާއްދާގެ (ނ) އާއި 241 އަދި 242 ވަނަ މާއްދާގައި ބަޔާންކުރާ އިންތަކުގެ ތެރޭގައި، ގާނޫނުއަސާސީގެ 99 ވަނަ މާއްދާގެ ދަށުން އިންކުއަރީ ހިންގެވުމަށް މަޖިލީހަށް ލިބިދޭ ބާރުތައް ބޭނުން ކުރެއްވުމަށް ސަމާލުކަން ދެއްވުމަށްވެސް ބާ ކައުންސިލުން ވަނީ ގޮވާލާފައެވެ.

އަދި ޖިނާއީ ކުށްތައް ތަހުގީގުކުރުމުގެ ބާރު ދީފައިވަނީ ފުލުހުންނަށް ކަމަށް ގާނޫނު އަސާސީގެ 244 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި އޮންނަ އޮތުމަށާއި، ޖިނާއީ ތަހުގީގުތައް ކުރިއަށްދަނީ ގާނޫނުގައިވާ ގޮތަށްކަން ބެލުމުގެ ބާރު ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ރ)ގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ލިބިދޭކަމަށް ބަޔާންކޮށްފައި އޮންނަ އޮތުން މަޖިލީހުގެ ސަމާލުކަމަށް ގެންނަ ކަމަށްވެސް ބާ ކައުންސިލުން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!