ޚަބަރު

11 އަހަރުގެ ކުއްޖެއްގެ ފުއްޕާމެއިން ބުރުގާގައި ޖަހާ ޕިނެއް ނަގައިފި

ދެން އެމްވީ ، ދެން އޮންލައިން

އުމުރުން 11 އަހަރުގެ ދިވެހި އަންހެން ކުއްޖެއްގެ ފުއްޕާމެއިން ބުރުގާގައި ޖަހާ ޕިނެއް ނަގައިފިއެވެ.

Ads by STELCO

އައިޖީއެމްއެޗުން މިއަދު ބުނީ މި ޕިން ނަގާފައިވަނީ އެ ހޮސްޕިޓަލުގެ ތަފާތު އެކި ޑިޕާޓްމެންޓުތަކުގެ ނަރުހުންގެ އެހީތެރިކަމާއެކު އެ ހޮސްޕިޓަލުގެ ޕުލްމޮނޮލޮޖީ ޓީމުން ކަމަށެވެ.

11 އަހަރުގެ ދިވެހި އަންހެން ކުއްޖެއްގެ ފުއްޕާމެއިން ޕިނެއް ނަގާފައިވާއިރު، ނޭވާލާ ހޮޅީގައި ބުރުގާ ޕިން ފަދަ ތަކެތި ތާށިވުން އަނެއްކާވެސް އިތުރުވެއްޖެ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް މިއަދު ވަނީ ވިދާޅުވެފައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އަންހެން ކުއްޖެއްގެ ޕުއްޕާމެއިން ބުރުގާ ޕިނެއް ނެގި އިރު، 26 ވަނަ ދުވަހު ކުޑަ ކުއްޖެއްގެ ނޭވާހޮޅިން ބުރުގާ ޕިނެއް ނެގި އެވެ. އަދި 25 ވަނަ ދުވަހު 19 އަހަރުގެ އަންހެނެއްގެ ބަނޑުން ވެސް ބުރުގާ ޕިނެއް ނެގި އެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހު ވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ.

އައިޖީއެމްއެޗް އިން ބުނީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެފަދަ 15 ހާދިސާއެއް ރިޕޯޓް ކޮށްފައިވާއިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި އެންމެ ބޮޑަށް ހިމެނެނީ އުމުރުން 13 އަހަރާއި 30 އަހަރާ ދެމެދުގެ އަންހެނުން ކަމަށް ވެސް އައިޖީއެމްއެޗު އިން ވަނީ ބުނެފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!