Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފުލުހުންގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ބައްދަލުވުމެއް ބާއްވަނީ

ފުލުހުންގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ބައްދަލުވުމެއް ބާއްވަނީ

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މި ބައްދަލުވުން އޮންނާނީ މާދަމާ ރޭ 8:30 ގައި މަޖިލީހުގެ އިދާރާގައި ކަމަށެވެ. މި ބައްދަލްވުމުގައި ބައިވެރިވާން ބޭނުންވާ މީހުން މާދަމާ ރޭ 8:15 ކުރިން މަޖިލީހުގެ އިދާރާއަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

މިއީ މިގޮތަށް މަޖިލީހުން ބައްދަލުވުމެއް ބާއްވާ ދެވަނަ ފަހަރެވެ. މީގެކުރިން ވަނީ މިނިމަމް ވޭޖް ބިލަށް ވެސް އާންމުންގެ ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވާފައެވެ.

Advertisement
Ooredoo — Truecaller (box)

މަޖިލީހަށް ހުށަހަޅާ ބިލުތަކަށް އާއްމުންގެ ހިޔާލުތައް ހޯދުމަށް ބައްދަލުވުންތައް ބޭއްވުމަށް ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު މީގެކުރިން ވަނީ ވިދާޅުވެފައެވެ. އެގޮތުން މަޖިލީހަށް ހުށަހެޅޭ ބިލުތަކަށް އާއްމުންގެ ހިޔާލު ހޯދުމަށް މަޖިލީހުގެ ގަވާއިދުގައިވެސް ލާޒިމް ކޮށްފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް އިތުރު 40 އިސްލާހެއް ގެނައުމަށް އެ ބިލު ދިރާސާ ކުރަމުން ގެންދާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ސަބް ކޮމިޓީއަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ ހުށައަޅާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް