ޚަބަރު

ދަތުރު ކުރަމުން ދިޔަ ލޯންޗެއްގައި ރޯވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ތ. އަތޮޅު ރިސޯޓަކުން ފުރައިގެން ދަތުރު ކުރި ލޯންޗެއްގައި ރޯވެއްޖެއެވެ.

Ads by MWSC

ފުލުހުންގެ ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ތ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރު ކުރި ލޯންޗުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

އެއީ ދިވެއްސަކާއި ބިދޭސީއެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މީހުންނާ ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.

އެނގިފައިވާ ގޮތުގައި އެ ލޯންޗުގައި ރޯވީ ތ. ގުރައިދޫއާ ކައިރި ކުރަނިކޮށެވެ.

އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!