Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މަޖިލީހުގައި ރެސްޓޯރެންޓެއްގެ އިތުރުން ޖިމަކާއި ފިހާރައެއް ހުޅުވަނީ

މަޖިލީހުގައި ރެސްޓޯރެންޓެއްގެ އިތުރުން ޖިމަކާއި ފިހާރައެއް ހުޅުވަނީ

ރައްޔިތުންގެ މަޖިލިސް އިދާރާގައި ރެސްޓޯރެންޓަކާއި ޖިމެއް ހުޅުވަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ އާ އިމާރާތުގެ ޓެރަސްގައި ރެސްޓޯރަންޓްއަކާއި ޖިމަކާއި ފިހާރައެއް ހުޅުވަނީ މަޖިލީހުގެ ސޯޝަލް ކްލަބް އިން އިސްނަގައިގެން ކަމަށެވެ.

އެގޮތުން އެ ކްލަބުގައި ހިމެނެނީ މަޖިލީހުގެ މެމްބަރުންނާއި މުވައްޒަފުން ކަމަށާއި ނަމަވެސް މަޖިލީހުގެ ކުރީގެ މެމްބަރުންނާއި ކުރީގެ މުވައްޒަފުން ވެސް އެ ކްލަބްގައި ބައިވެރިވެވޭނެ ގޮތެއް ހަމަޖައްސަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

Advertisement
Ooredoo — Square (box)

ނަޝީދު ވިދާޅުވީ ފިހާރާގައި ލިބެން ހުުންނާނީ ޖަލްސާތަކުގެ ޔައުމިއްޔާއާއި މަޖިލީހުން ފާސްކުރާ ގާނޫނުތައް ހިމެނޭ ފޮތްތައް ކަމަށެވެ. އަދި ހުޅުވާ ރެސްޓޯރަންޓްގައި ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރުމުގެ ފުރުސަތުތައް ވެސް މެމްބަރުންނަށް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ މެމްބަރުންނަށް އޮފީސް މަސައްކަތް ކުރެވޭނެ ގޮތަށް މޭޒުކޮޅުތައް މިހާރު ތައްޔާރުކޮށްފައިވާނެ ކަމަށާއި، މަޖިލީހުގައި މެމްބަރުންގެ މަސައްކަތް ކުރުމަށް އެ މެމްބަރެއްގެ މުވައްޒަފުންނަށް އެތަނަށް ވަދެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް