ޚަބަރު

މޮސްޓާއާއި މެމްބަރު އީސަގެ ހޫނު ޒުވާބެއް، ނުގޮވާކަށް އެއްޗެއް ނެތް!

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކޮސޯވޯގެ މިނިވަންކަން ބަލައިގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރުން އަހުމަދު އީސާއާ މެދުގައި ހޫނު ޒުވާބެއް ކޮށްފި އެވެ.

Ads by MWSC

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މޮސްޓާ ހުށަހެޅުއްވި މައްސަލަ ތަޅުމުގައި އިއްވުމަށް ފަހު ބަހުސްއަށް ހުޅުވާލުމުން އެއްވެސް މެމްބަރަކު ބަހުސްގައި ބައިވެރިވެފައެއް ނުވެއެވެ.

އެހެންކަމުން އެ މައްސްލާގައި މޮސްޓާއަށް ފަހު ބަސް ވިދާޅުވާން ފުރުސަތު ދެއްވުމުން އޭނާ ވިދާޅުވީ "ފަހު ބަސް ބުނަން ބޭނުން ނުވާ" ކަމަށާއި ރައީސް ނަޝީދުގެ މައްސަލައަކަށް އެމްޑީޕީގެ މެމްބަރުންނަށް ބަހުސް ކުރައްވަން ނުކެރޭނެ ކަމަށެވެ.

މޮސްޓާގެ ވާހަކަ ނިންމެވުމާއެކު މެމްބަރު އީސަ ނިޒާމީ ނުކުތާއެއް ނަންގަވާ ވިދާޅުވީ މަޖިލީހަށް ހުށަހެޅޭ ކޮންމެ މައްސަލައަކަށް ބަހުސް ކުރައްވަން ނުޖެހޭނެ ކަމަށާއި ވަކި މެމްބަރަކު ހުށަހެޅުއްވި މައްސަލައަކަށް ބަހުސް ނުކުރެއްވުމުން ކުށްވެރިއެއް ނުވާނެ ކަމަށެވެ.

އީސަ އިތުރަށް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރު ދިޔަ އިރު ވެސް ކޮސޯވޯގެ މިނިވަންކަން ބަލައިގެން މައްސަލައެއް މަޖިލިހުން ބަލާފައެއް ނުވާއިރު މިއަދު މަޖިލިހުގައި ވަގުތު ނަގާލައިގެން ބޭކާރު މަސައްކަތެއް ކުރެއްވުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"ގަރާރު ހުށަހެޅުއްވި މެމްބަރަކީ ދެ އުޅިއެއް ނުވާ މޮޔައަކަށް ވިޔަސް، އަޅުގަނޑުމެން ސިކުނޑީގައި ކުޑަ ތެތްކަމެއް އެބަހުރި،" އީސަ ވިދާޅުވިއެވެ.

އެއާ ގުޅިގެން މޮސްޓާ ވިދާޅުވީ ބޮލުގައި ތެތް ކަމެއް ނެތް ކަމަށް ވިދާޅުވި މެމްބަރަކީ ރައީސް ނަޝީދާއެކު "ދެ އިރު ދެ ދަޅައަށް ރާ ތަށި ހިއްޕަވައިގެން" އިންނަވާ މެމްބަރެއް ކަމަށާއި ނަޝީދާ ދެކޮޅަށް ގަރާރު ތައްޔާރު ކޮށްދެއްވީ މެމްބަރު އީސަ ކަމަށެވެ.

މޮސްޓާގެ ވާހަކަ މެދުކަނޑާލައްވައި ރައީސް ނަޝީދު ވިދާޅުވީ އޭނާ ހެއްދެވީ އިތުރުފުޅެއް ކަމަށާއި އެއީ މަޖިލީހުގައި މަނާ ކަމެއް ކަމަށެވެ.

އަނެއްކާވެސް ނިޒާމީ މައްސަލައެއް ނަންގަވައި އީސަ ވިދާޅުވީ ސިކުނޑީގައި ތެތްކަން ނެތް ބޭފުޅުން ދައްކަވާ ވާހަކައަށް މާ ބޮޑަށް ރިއެކްޓް ނުކުރައްވާ ކަމަށެވެ. އަދި އޭނާ މޮސްޓާ އެހެން މެމްބަރުންގެ ވާހަކަ ދައްކަވާއިރު، އެ މެމްބަރު "މި މާލެއަށް 12 މިލިއަން ރުފިޔާގެ ހަކުރު އެތެރެކޮށްފައިވާ އަމިއްލައަށް ވިދާޅުވެފައިވާ" ކަމަށް އީސަ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!