ޚަބަރު

ޕޮލިސް ކޮމިޝަނަރު އަދި ބޮޑު ފަނޑިޔާރަކީ ވެސް މިހާރު މަޖިލީހުގެ ރައީސް، ޑިކްޓޭޓަރަކަށް ވެ ނިމިއްޖެ: ޖަމީލު

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލިހުގެ ބާރުގެ ދަށަށް ޖިނާއީ ތަހްޤީގުތައް ގެންގޮސް، ޖުޑިޝަލް ސާވިސް ކޮމިޝަނުން ކޯޓުތަކުގެ ހިންގުމުގެ ނިޒާމަށް ވަދެ ރާއްޖޭގެ އިސްލާހީ މަސައްކަތް މުޅިން ކިލަނބުކޮށް ސިޔާސީ ޝިކާރައަކަށް ހަދައިފިކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެން ތަހުޤީގުތައްވެސް ކުރާނީ މަޖިލިސް ރައީސް އާއި އެ ޕާޓީ އެކްޓިވިސްޓުން އެދޭ ކަންތައް އެކަނި ކަމަށެެވެ.

"ޕޮލިސް ކޮމިޝަނަރާއި ބޮޑު ފަނޑިޔާރު މަނިކުފާނަކީ މަޖިލިސް ރައީސަށް ވުމުން ފުރިހަމަ ޑިކްޓޭޓަރަކަށް ވެ ނިމުނީ. ވަކި ކުށްތަކެއް ދެން ކުށަކަށް ނުވާނެކަން ފޮޓޯތަކުން މިހާރު ފެންނަން ފަށައިފި." ޖަމީލް ވިދާޅުވިއެވެ.

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ ތަހުގީގާމެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ މައްސަލާގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެން މީހާ ރުހޭ ނަމަ އޭނާ ކޮމިޓީއަށް އައިސް މައުލޫމާތު ދިނުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ ނިންމާފައެވެ. އަދި ސީނަށް ދިޔަ ފުލުހުންނާއި ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ އިންޗާޖާ ބައްދަލުކުރުމަށް ވެސް ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!