Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ނަމާދަށް ސަފުހަދާއިރު ގައިދުރުކަން ބަހައްޓާކަށް ނުޖެހޭނެ: އިސްލާމިކް މިނިސްޓްރީ

ނަމާދަށް ސަފުހަދާއިރު ގައިދުރުކަން ބަހައްޓާކަށް ނުޖެހޭނެ: އިސްލާމިކް މިނިސްޓްރީ

ޖަމާއަތުގައި ނަމާދު ކުރަން ސަފުހަދާއިރު ގައިދުރު ކުރާކަށް ނުޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީ ބުނެފިއެވެ.

މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ވެސް ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީ އިން ވަނީ ދީފަ އެވެ.

އިސްލާމިކް މިނިސްޓްރީ އިން މިއަަދު ބުނީ ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރުކަން ބަހައްޓަން ނުޖެހޭނެ ކަމަށާއި ނަމާދަށް ސަފުހަދާނީ ކޮނޑާއި ކޮނޑު، ފަޔާއި ފައި ޖެހޭނެހެން ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އެ މިނިސްޓްރީން ބުނީ ޖަމާއަތަށް ދާ މީހުން ސަމާލުކަންދޭން ޖެހޭ ކަންތައްތަކުގެ ތެރޭގައި ގެއިން ވުޟޫކޮށްގެން ދިޔުމަށާއި، މުސައްލަ ގެންދިޔުމާއި، އެމީހެއްގެ މުސައްލަމަތީ ނޫނީ ނަމާދު ނުކުރުމަށް އަދި މިސްކިތަށް ވަދެ ނިކުތުމުގައި ގައިދުރުކަން ބެހެއްޓުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ހުރިހާ ނަމާދެއް ހަތް މިނެޓަށް ވުރެ ދިގު ނުވާނެހެން ކުރިއަށް ގެންދަން މިނިސްޓްރ އިން ވަނީ އިމާމުންނަށް އިލްތިމާސްކޮށްފަ އެވެ. އަދި ބަންގިއަށް ފަހު ފަސް މިނެޓް ތެރޭ ގަމަތްދީ ނަމާދުކުރަން ފަށައި ހުރިހާ ނަމާދެއްގައި ވެސް ސޫރަތުލް ފާތިހާ ފިޔަވައި ޟުހާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް