ޚަބަރު

މެމްބަރުންގެ އާއިލާގެ މާލީ ބަޔާން އާންމު ނުކުރަން ފާސްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި އާންމުކުރަން ނުޖެހޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

Ads by STELCO

މެމްބަރުގެ އާއިލާގެ މާލީ ބަޔާންތައް އާންމުނުކުރާ ގޮތަށް ގަވާއިދަށް އިސްލާހު ގެންނަން 62 ފާސްކުރީ މެންބަރުންގެ ވޯޓުންނެވެ. ގަވާއިދު އެ ގޮތަށް އިސްލާހު ކުރަން ނުފެންނަ ކަމަށް މެމްބަރަކު ވޯޓު ދެއްވި އެވެ.

މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން މެންބަރުންނާއި އާއިލާގެ މާލީ ބަޔާންތައް ހުށަހަޅަން ޖެހެނީ އަމީންއާންމަށް އެކަންޏެވެ. އޮޑިޓަ ޖެނެރަލްގެ އޮފީހަށް އެ ބަޔާންތައް ފޮނުވައި އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވާއިދުގައި ކުރިން ނެތެވެ.

އެ މާއްދާގެ (ރ) އިސްލާހުކޮށްފައި ވަނީ މާއްދާގެ (ހ)ގެ ދަށުން ހުށަހަޅާ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން ނުހިމެނޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކުރަން ވާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!