ޚަބަރު

ސަފާރީގައި ޕާޓީ ކުރި މީހުން މަސްތުވި ކަމަކަށް ނުބެލެވޭ: ފުލުހުން

ދެން އެމްވީ ، ދެން އޮންލައިން

ބިދޭސީ އަންހެންމީހާއަށް ޖިންސީ ގޯނާކުރި ސަފާރީގައި ތިބި މީހުން ތިވީ، މަސްތުގެ ހާލުގައި ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by MWSC

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެހާދިސާއާއި ގުޅޭގޮތުން ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގައި ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ވަނީ ސުވާލު ކުރައްވާފައެވެ.

އެގޮތުން ސަފާރީގައި ތިބި މީހުންގެ ތެރެއިން ފުލުހުން މައުލޫމާތު ސާފު ކުރުމުގެ ގޮތުން ނަމަވެސް އަދި ހައްޔަރުކޮށްގެން ނަމަވެސް ޕޮލިސް ސްޓޭޝަން އަށް ގެންދިޔަ މީހުންގެ ހާލަތު ހުރީ ކިހިނެއްތޯ ކާނަލް ނާޒިމް ތަކުރާރުކޮށް ސުވާލު ކުރެއްވުމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ އެ މައްސަލައިގައި ފުލުހުންގެ އިދާރާއަށް ގެންދިޔައީ ދެ މީހުން ކަމަށާއި އެ ދެމީހުން ވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށް ނުބެލެވޭތީ އެކަން ރިކޯޑު ކުރެވިފައި ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވެސް މިސުވާލު ކުރެއްވުމުން މަންނާނު ވިދާޅުވީ އެވަގުތު ތިބި ފުލުހުންނަށް ހައްޔަރުކުރި މީހުންގެ ކުޑަކަމުދާ ތަކެތި ނަގައިގެން ޓެސްޓު ކުރަންޖެހޭ ވަރުގެ ކަމެއް ނުފެންނާތީ އެކަން ރެކޯޑު ކުރެވިފައި ނުވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!