ދެ އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލަ މަޖިލީހުގެ ކޮމިޓީން ބަލަނީ
ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ނިންމައިފިއެވެ.
އެގޮތުން މި މައްސަލަ ދިރާސާ ކުރުމަށް އެ ކޮމިޓީގެ ބައްދަލުވުމެއް މިރޭ 8:30 ގައި ވަނީ ބާއްވާފައެވެ.
އެ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން މި މައްސަލާގައި އެ ކުއްޖާއާ މެދު ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ތިން ފިރިހެނަކަށް ކުރެވޭ ކަމަށާއި އެ ތިން މީހުންވެސް މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިއީ ކޮން ބައެއްކަން ފުލުހުން ހާމަކޮށްފައިނުވި ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރި ދެ މީހުންނަކީ އެ ކުއްޖާގެ ބައްޕަ، ކާފަ އާއި މުނި ކާފައެވެ.
ޖިންސީ ގޯނާގެ ޝިކާއަރަކަށްވި އެ އަންހެން ކުއްޖާ މިހާރު ވަނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މައްސަލަ ފުލުހުންނާއި ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުނެއެވެ.