ރިޕޯޓް

ނިއު ނޯމަލް: ކަރަންޓް ބިލް "ނޯމަލް"ތަ؟

ދެން އެމްވީ ، ދެން އޮންލައިން

މުޅި މިއަދު މީސްމީޑިއާގައި އެންމެ ގިނައިން ދައުރުވެފައިވާ އެއް ކަންބޮޑުވުމަކީ، މިދިޔަ މަހުގެ ކަރަންޓު ބިލު އާދަޔާ ޚިލާފަށް ބޮޑު ވާހަކައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖޭގައި ވެސް ފެތުރުމުމުުގެ ސަބަބުން، ސަރުކާރުން ވަނީ އޭޕްރިލް މަހުގައާއި މެއި މަހުގައި ބިލުތަކަށް ލުޔެއް ދެއްވާފައެވެ. އެގޮތުން 40% ޑިސްކައުންޓެއް ދީފައިވެއެވެ.

ނަމަވެސް އެޑިސްކައުންޓުގެ މުއްދަތު ނިމި، މިއަދުން ފެށިގެން "ނިއު ނޯމަލް" ނުވަތަ "އައު އާއްމު ހާލަތު" ގެ ދުވަސްތައް ފެށިފައިވާއިރު، ކަރަންޓު ބިލު ފެނިފައި ގިނަ ރައްޔިތުންނަށް ލިބުނީ ކުއްލި ސިހުމެކެވެ.

ވާނީ ވެސް އެހެންތާއެވެ. ކޮވިޑް ގެ ހާލަތު ޖެހުމުގެ ކުރިން ކަރަންޓު ބިލަށް ނާރާވަރު، މިހާރު ޑިސްކައުންޓު ވެސް ނިމުމުން ބިލަށް މިވަނީ އަރާފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ކަރަންޓު ބިލަށް އެންމެ 713.37 ރުފިޔާ އަރާފައިވާ ގެއަކަށް މިދިޔަ މަހު އަރާފައިވާ ކަމަށް ސްޓެލްކޯ އިން ބިލު ހަދާފައިވަނީ 4،445.05 ރުފިޔާއެވެ.

ފޮޓޯ: ފޭސްބުކް

މިއީ އަދި އެއް ގެއެވެ. މިފަދައިން ކަރަންޓު ބިލު އިހުނަށްވުރެ ހަ ގުނަ މައްޗަށް ޖެހިލާފައި ހުރި ގެތައް ވަރަށް ވެސް ގިނައެވެ.

މީސްމީޑިއާގައި ބައެއް ފަރާތްތަކުން ފާޅު ކޮށްފައިވާ ކަންބޮޑުވުންތަކަށް ބަލާލާއިިރު، ކަރަންޓު ބިލް މިވަރަށް ބޮޑުވުމުން އެފަރާތްތަކުން ވަނީ ސްޓެލްކޯ އާއި ސުވާލުވެސް ކޮށްފައެވެ. ނަމަަވެސް ޖަވާބެއްގެ ގޮތުގައި އެފަރާތްތަކުންް ބުނެފައިވަނީ މިދިޔަ ދެ މަހު ކަރަންޓު ބިލު ކުޑަވީ ކޮވިޑްގެ ހާލަތާއި ގުޅިގެން ދިން ޑިސްކައުންޓުގެ ސަބަބުން ކަމަށެވެ.

ތެދެކެވެ. އެއިރު ވަނީ ޑިސްކައުންޓު ދީފައެވެ. ނަމަވެސް ޑިސްކައުންޓާއި ނުލާ ވެސް، ބިލު މިވަރަށް ބޮޑުވުމަކީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހާސް ކަމެކެވެ. ކޮވިޑްގެ ހާލަތުން އަދި އެއްކޮށް އަރައި ނުގަނެވި، އެއްބައެއްގެ މުސާރައިން ވެސް ބައެއް ކެނޑި، އަނެއް ބަޔަކަށް އަދިވެސް ވަޒީފާ އަށް ވެސް ނިކުމެވޭ ގޮތް ނުވެފައިވާއިރު، އާއްމު ރައްޔިތުމީހާ މިވަރު ބޮޑު ބިލެއް ދައްކާނީ ކިހިނަކުންތޯ ސަރުކާރުން ވިސްްނާލުން މުހިންމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!