Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައްސަލަ އަވަހަށް ނިންމަންޖެހޭ: ޕީޖީ

ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް އަވަހަށް ތަހުގީގުކޮށް ދައުވާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވެފައިމިވަނީ ދެކުނުގެ ރަށެއްގައި ދެއަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ރޭ ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް އަވަހަށް ތަޙްޤީޤުކޮށް ދަޢުވާ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ފުލުހުންނާއި ގުޅިގެން ޕީޖީ އޮފީހުން އެ މަސައްކަތް ކުރަމުންދާ ކަމަށް ޕީޖީ ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

"އަވަހަށް ޝަރީޢަތް ނިންމުމަކީވެސް އެހާ މުހިންމު ކަމެއް. ނިޒާމު ހިނގާކަން އިހްސާސްވާންޖެހޭ" ޝަމީމް ވިދާޅުވިއެވެ.

އެ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލާގައި ފުލުހުން ބުނީ އެ ކުއްޖާއާ މެދު ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ތިން ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިއީ ކޮން ބައެއްކަން ފުލުހުން ހާމަކޮށްފައިނުވި ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރީ އެ ކުއްޖާގެ ބައްޕަ، ކާފަ އާއި މުނި ކާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް