ޚަބަރު

ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ޓިއުޝަން ސެންޓަރުތައް ހުޅުވުމުގެ ހުއްދަ ދީފި

ދެން އެމްވީ ، ދެން އޮންލައިން

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޓިއުޝަން ސެންޓަރުތައް އަލުން ހުޅުވުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޓިވް އެޖެންސީ(އެޗްޕީއޭ) އިން ދީފިއެވެ.

Ads by Sosun Fihaara

މާލެއާ ރާއްޖޭގެ ބައެއް ރަށްތަކުން ކޮވިޑްގެ ކޭސްތައް ފެނުމާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލުތަކާއި ޓިއުޝަން ސެންޓަރުތައް ވަނީ ބަންދު ކޮށްފައެވެ.ނަމަވެސް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަލުން ސްކޫލްތައް ހުޅުވާލަން ވަނީ ނިންމާފައެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑްގެ އަލާމާތްތައް ފެނިފައި ނުވާ ރަށްރަށުގައި ސްކޫލްތައް ހުޅުވިފައިވާ ކަމަށާއި ޓިއުޝަން ސެންޓަރުތަކުގައި ކިޔަވާދިނުމުގެ ހުއްދަވެސް އެޗްޕީއޭއިން ދީފައިވާ ކަމަށެވެ.

އެ ނޫން ރަށްތަކުގައި ޓިއުޝަން ސެންޓަރުތައް ހުޅުވުމުގެ ހުއްދަ ދީފައި ވަނީ 12 އަހަރުން މަތީގެ ކުދިންނަށް އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނިއު ނޯމަލްގެ އުސޫލުތަކާއި އެއްގޮތަށް ގައި ދުރުކޮށްގެން، ސަލާމަތީ ފިޔަވަޅުތަކާއި އެކު ޓިއުޝަން ކްލާސްތައް ކުރިޔަށް ގެންދިއުމަށް މަބްރޫކް ވަނީ އިލްތިމާސް ކޮށްފައެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ ޓިއުޝަން ކްލާސްތަކުގެ އިތުރުން ކުޅިވަރު އެކަޑަމީތައްވެސް ހިންގޭނެ ކަމަށާއި ނަމަވެސް މޮނީޓަރިންގެ ހާލަތުގައިވާ ތަންތަނުގައި ހިންގާ ކުޅިވަރު އެކެޑެމީތަކުގެ ހަރަކާތްތަކުގައި ވެސް 12 އަހަރުން ދަށުގެ ކުދިން ނުހިމަނާ ހަރާކްތައް ކުރިއަށް ގެންދެވޭނެކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!