ނަމާދުގެ ރަކުޢަތްތަކާއި ގުޅޭ ގޮތުން އަޅުގަނޑުގެ ނަމުގައި ދައުރުވަނީ ފޭކް ޓްވީޓެއް: ނަޝީދު

ނަމާދުގެ ރަކުއަތްތަކާއި ބެހޭގޮތުން މީސް މީޑިއާގައި ދައުރުވަމުންދާ ޓްވީޓަކީ ނަޝީދުގެ ކޮށްފައިވާ ޓްވީޓެއް ނޫން ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ ސްކްރީން ޝޮޓަކުން ފެންނަނީ ނަމާދުގެ ރަކުއަތާ ގުޅޭ ގޮތުން ރައީސް ނަޝީދުގެ ޓްވިޓާ އެކައުންޓުން ކުރައްވާފައިވާ ޓްވީޓެކެވެ. އޭގައި ލިޔެފައިވަނީ "ބައެއް ނަމާދުތަކުގެ ރަކުއަތްތައް މަދު ކޮށްލުމުން ވެސް ސަރުކާރުގެ ގަވާއިދުގެ ތެރެއިން ނަމާދު ކުރެވިދާނެ" މިހެނެވެ.
އެކަމާ ގުޅޭ ނަޝީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދައުރުވަމުންދާ ޓްވީޓަކީ އެމަނިކުފާނު ކޮށްފައިވާ ޓްވީޓެއް ނޫން ކަމަށާއި މިކަން ބެލުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު ހުށައަޅާނެކަމަށެވެ.
Mi ee alhugandu koffava tweet eh noon. Mikan belumah kamaibehey faraiythakah miadhu husha alhaanan. pic.twitter.com/79HODBYVel
— Mohamed Nasheed (@MohamedNasheed) July 2, 2020
ރައީސް ނަޝީދު ލިއުއްވާފައިވާ ކަމަށް ބުނާ ފޭކް ޓްވީޓުގެ ސުކްރީން ޝޮޓުގެ ފޮޓޯ މީސް މީޑިއާގައި ގިނަ ބަޔަކު ދަނީ ދައުރުކޮށް އެމަނިކުފާނަށް ފާޑުކިއުން އަމާޒު ކުރަމުންނެވެ.
