ޚަބަރު

ހުވާ ބަދަލުކުރި ނަމަވެސް ފުލުހުންގެ އަޤީދާއެއް ބަދަލެއް ނުވާނެ: ހަސަން ލަތީފް

ދެން އެމްވީ ، ދެން އޮންލައިން

ފުލުހުންގެ ހުވަޔަށް ބަދަލެއް ގެނައުމަކީ ފުލުހުންގެ އަޤީދާ ބަދަލުވާން ޖެހޭ ސަބަބެއް ނޫން ކަމަށް ނުވާނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

Ads by STELCO

ހަސަން ލަތީފު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ރޭ ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ފުލުހުންގެ ހިދުމަތުގެ ބިލް މަޖިލީހަށް ހުށަހެއްޅުވީ ހަަސަން ލަތީފެވެ.

ހަސަން ލަތީފް ވިދާޅުވީ، މަޖިލީހުގެ 241 ކޮމިޓީއަކީ ޤާނޫނުއަސާސީއިން ބާރު ލިބިގެން އުފައްދާފައިވާ ކޮމިޓީއެއް ކަމަށާއި އެކޮމިޓީގެ ޒިންމާ އަދާކުރުމުގެ ގޮތުން މައުލޫމާތު ހޯދުމަކީ ނުފޫޒު ފޯރުވުންކަމަށް ނުދެކޭކަމަށެވެ.

ހަސަން ވިދާޅުވީ ފުލުހުންގެ ބިލު މިހާރު އޮތްގޮތުން އޮޕަރޭޝަނަލް ކަންކަމުގެ މައުލޫމާތު 241 ކޮމިޓީ އަށް ހޯދޭނީ ނިމިފައިވާ އޮޕަރޭޝަންތަކާއި ހިނގަމުންދާ އޮޕަރޭޝަންތަކުގައި ވެސް ތަހުގީގަށް ހުރަސް ނޭޅޭނެ މިންވަރަށް ކަމަށެވެ.

ފުލުހުންގެ ހުވަޔަށް ގެންނަ ބަދަލާ ގުޅޭ ގޮތުން ގިނަ ބަޔަކު ފާޑުކިޔަމުން ދާތީ ހަސަން ލަތީފް ވިދާޅުވީ އިސްލާމް ދީނުގެ ވާހަކަ ފުލުހުންގެ ހުވާގައި އޮންނާނެ ކަމަށާއި އާ ހުވަޔާއި ގުޅޭ ގޮތުން މީހުންގެ މެދުގައި ދީނީ ހިޔާލު ތަފާތުވުންތައް އުފެދެމުން އަންނާތީ މިކަމާއި ގުޅޭ ގޮތުން ދީނީ އިލްމުވެރިންގެ ލަފަޔަށް އެދިފައިވާނޭ ކަމަށާއި، ހުވަޔަށް ގެންނަ ބަދަލަކުން ފުލުހުންގެ އަގީދާއަކަށް ބަލިކަށިކަމެއް އަންނާނެ ކަމަށް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!