ސަރުކާރުގެ ހިންގުން ދޯހަޅިވެ،ކޮރަޕްޝަން އިތުރުވަމުން ދާތީ މާޔޫސް ނުވާ އެކަކު ވެސް މިއަދު ނެތް: ސައީދު
ސަރުކާރުގެ ހިންގުން ދޯހަޅިވެ، ފަސާދަ އާއި ކޮރަޕްޝަން އިތުރުވަމުން ދިއުމުން މާޔޫސް ނުވާ އެކަކު ވެސް މިއަދު ނެތްކަން ކަމަށް ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތައް ކަމެއް ނިންމުން ބަލައެއް ނުގަނެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވި ހަބަރެއް ޓްވީޓް ކުރައްވަމުންނެވެ.
އެގޮތުން ސައީދު ވިދާޅުވީ ސަރުކާރުގެ ހިންގުން ދޯހަޅިވެ، ފަސާދަ އާއި ކޮރަޕްޝަން އިތުރުވަމުން ދިއުމުން މާޔޫސް ނުވާ އެކަކު ވެސް މިއަދު ނެތްކަން ފެންނަމުން ދާ ކަމަށެވެ.
Sarukaaru ge hingun dhohalhi ve fasaadha aai corruption ithuru vamun dhiumun miadhu maayoos nuvaa ekaku neiykan eba fennamundhey https://t.co/Mpdw7Rxh31
— Mohamed Saeed (@em_saeed) July 2, 2020
ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ބަޔަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތައް ކަމެއް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ ޒީރޯ ޓޮލަރަންސް ސިޔާސަތާ ވެސް ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ.
އެހެންނަމަވެސް އެމަނިކުފާނު އެ އިޝާރާތް ކުރައްވަނީ ކޮން މައްސަލައަކަށް ކަމެއް ވިދާޅެއް ނުވެ އެވެ.