ޚަބަރު

މާދަމާ މާލޭގައި ހުކުރު ނުކުރަން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

މާދަމާ މާލޭގައި ހުކުރު ނުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

Ads by STELCO

އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ މިސްކިތްތަކުގައި މާދަމާ ވެސް ހުކުރު ނަމާދު ނުކުރާ ގޮތަށް ނިންމީ އެ މިނިސްޓްރީން ބުނިގޮތުގައި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ.

އެގޮތަށް ނިންމީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށް ސާކިއުލާގައި ވެ އެވެ.

މާލެ ސަރަހައްދުގެ މިސްކިތްތަކުގެ މާދަމާ ހުކުރުގެ ޖަމާއަތް ނުބޭއްވި ނަމަވެސް، ރާއްޖޭގެ އެހެން ރަށްރަށުގައި ހުކުރު ނަމާދުގެ ޖަމާއަތް ބޭއްވޭނެ ކަމުގައި މިނިސްޓްރީން ބުނެއެވެ.

މާލެ ސަރަހައްދުގައި އިއްޔެގެ މަޣުރިބު ނަމާދުން ފެށިގެން ޖަމާޢާތުގައި ނަމާދުކުރަން ފަށާއިރު އެއްވެސް ނަމާދެއް 7 މިނެޓަށްވުރެ ދިގު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިމާމުންނަށް އަންގާފައެވެ. އަދި ބަންގިއަށް ފަހު ފަސް މިނެޓުގެ ތެރޭގައި ގަމަތްދީ ނަމާދުކުރުމަށްވެސް އަންގަވާފައިވެއެވެ.

މީގެ އިތުރުން ހުރިހާ ނަމާދެއްގައިވެސް ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިމާމުންނަށް އަންގާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!