ޚަބަރު

ދިހަ އަހަރުގެ އަންހެން ކުއްޖަކަށް ދޮންބައްޕައަކު ޖިންސީ ގޯނާ ކޮށްފި!

ދެން އެމްވީ ، ދެން އޮންލައިން

އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކަށް، އެކުއްޖާގެ ދޮންބައްޕައަކު ޖިިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

އެނގިފައިވާ ގޮތުގައި މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވަނީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ. އއ. އދ. ވ) ގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލއެއް 1 ޖުލައި 2020 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކުރެވިފައި ނުވާއިރު، ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނާއި ގުޅޭ މައްސަލައަކަކީ ސީރިއަސް މައްސަލަތަކަކަށްވާތީ، އެކުއްޖާގެ ވަނަވަރު ރައްކާތެރި ކުރުމުގެ ގޮތުން ފުލުހުން އެކުއްޖާގެ އަދި މައްސަލަ ހުށަހެޅޭ ފަރާތުގެ އަތޮޅާއި ރަށް ހާމަ ކޮށްފައެއް ނުވެއެވެ.

ފުލުހުން އެއްވެސް އިތުރު ތަފްސީލެއް ދެއްވާފައި ނުވި ނަމަވެސް، އުމުރުން 10 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތު އުފުލިފައިވަނީ އެކުއްޖާގެ ދޮންބައްޕައަށް ކަމަށް، ވަނީ ހާމަވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!