ޚަބަރު

"ހިޔާ" ފްލެޓުތައް ޕީޕީއެމް/ޕީއެންސީ ގެ ބޭފުޅުންނަށް ދައްކާލަން އެދިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ ވެރިކަމުގައި ގާއިމްކުރި "ހިޔާ" މަޝްރޫޢުގެ ފްލެޓުތައް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ބޭފުޅުންނަށް ދައްކާލުމަށް އެދިއްޖެއެވެ.

Ads by MWSC

މިކަމަށް އެދި ޕީޕީއެމް/ޕީއެންސީ ނުވަތަ "ޕްރޮގްރެސިވް ކޯލިޝަން" އިން މިއަދު ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ފޮނުވާފައިވާ ސިޓީއެއް އިދިކޮޅުން ވަނީ އާއްމުކޮށްފައެވެ.

އިދިކޮޅު ބޭފުޅުންގެ ފަރާތުން ފޮނުއްވާފައިވާ އެސިޓީގައި ވިދާޅުވެފައިވަނީ، ފްލެޓުތަކާއި ބެހޭގޮތުން ހުރި ކަންބޮޑުވުންތަކެއް ހާމަކޮށް، އެކަން ޕްރޮގްރެސިވް ކޯލިޝަންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އައިޝްވާރްޔާ ދެކެ ބޮލީވުޑްގެ ގިނަ ތަރިން ވަރަށް ރުޅިއާދޭ!"އެ ކަންބޮޑުވުންތަކާ ގުޅިގެން މި ކޯލިޝަންގެ އިސް ބޭފުޅުންގެ ޓީމަކުން، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ފަށާފައިވާ ފްލެޓް، ހައުސިން ޔުނިޓްތައް ބަލާލަން ބޭނުންވާތީ އަންނަ އާދިއްތަ ދުވަހުގެ ވަގުތަކަށް އެކަން ހަމަޖައްސައި ދެއްވުން އެދި ދެންނެވީމެވެ." އިދިކޮޅު ކޯލިޝަނުން ފޮނުވާފައިވާ ސިޓީގައި ބަޔާން ކޮށްފައިވެއެވެ.

މީގެއިތުރުން އެސިޓީގައި ވިދާާޅުވެފައިވަނީ، ކޯލިޝަންގެ ފަރާތުން ފްްލެޓުތައް ބަލާލުމަށް ދާނެ ޓީމުގައި ހިމެނޭނީ 30 ބޭފުޅުން ކަމަށެވެ.

"ހިޔާ" ފްލެޓުތައް ދޭން މިސަރުކާރުން ނިންމަވާފައިވާ ބައެއް ގޮތްތަކާއިމެދު ފާޑު ކިޔަމުންނެވެ. އެގޮތުން 20 އަހަރު ދުވަސް ވަންދެން ކޮންމެ މަހަކު 11،000 ރުފިޔާ، ކުލީގެ ގޮތުގައި ހަމަޖެއްސުން ވެސް ހިމެނެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!