Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

18 އަހަރުން ދަށުގެ ކުޑަކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި!

18 އަހަރުން ދަށުގެ ކުޑަކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި!

އުމުރުން 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށް ބަލިވެ ބޭންދި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސެންޓްރަލް ޕޮލިސް ޑިވިޝަން ހިމެނޭ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއް ބަލިވެއިން މައްސަލައެއް ޖެންޑާ މިނިސްޓްރީން ހުށަހަޅާފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

މިމައްސަލައިގެ ތުހުމަތުގައި ފުލުހުން މިއަދު ހައްޔަރު ކޮށްފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Advertisement
Allied — Dhen Online (box)

މިމައްސަލަ ފުލުހުން ބަލަނީ ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައެއްގެ ގޮތުގައި ކަމަށާއި މިމައްސަލަ ބަލަމުން ގެންދަނީ ޖެންޑާ މިނިސްޓްރީ އާއި ވެސް ގުޅިގެން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ސީރިޔަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެއް ކަމަށްވާތީ, ކުއްޖާގެ ވަނަވަރު ރައްކާތެރި ކުރުމަށްޓަކައި ކުއްޖާގެ އަތޮޅާއި ރަށް ހާމަނުކުރަން ފުލުހުން ވަނީ ނިންމާފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް