ޚަބަރު

އާދިއްތަ ދުވަހު އޮފީސްތައް ހުޅުވާލަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޯވިޑް 19 އާ ގުޅިގެން ސަރުކާރުގެ އިދާރާތައް ބަންދުކޮށްފަ އޮތް އޮތުން ނިންމަވައި ، 5 ޖުލައި 2020 ވާ އާދީއްތަ ދުވަހުން ފެށިގެން، ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުއްވައިގެން މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

Ads by MWSC

މިކަން ހާމަކޮށްފައިވަނީ ދާދި ދެންމެއަކު ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން އާންމުކޮށް އޮފީސްތައް ހުޅުވާލުމަށްފަހު، ސަރުކާރު އޮފީސް ހުޅުވާފައި ހުންނާނީ ކުރިއެކޭއެއްގޮތަށް ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ކަމުގައި ހޫދު ވިދާޅުވިއެވެ.

މި އަހަރުގެ އޭޕްރީލް 15 ވަނަ ދުވަހު މާލެ ކޮވިޑްގެ ކޭސްއެއް ފެނުމާ އެކު، މާލެ ސަރަހައްދު ލޮކްޑައުންކޮށް މުޅި ރާއްޖޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅި އެވެ. އަދި ބޯޑަރުތައް ބަންދުކޮށް ފަތުރުވެރިކަން ވެސް މުޅިން ހުއްޓުނެވެ.

ނަމަވެސް މިހާރު ކޮވިޑްގެ ހާލަތު ރަނގަޅުވެ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ވެސް ހުޅުވާލައި ޓޫރިޒަމް ވެސް ފަށާނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!