ޚަބަރު

މުސާރަ ނުދީގެން މުވައްޒަފުން ނުކުމެ ހަދަމުންދާ ރިސޯޓެއް ރޯކޮށްލައިފި

ދެން އެމްވީ ، ދެން އޮންލައިން

ބ. އަތޮޅުގެ ބޮޑުފިނޮޅުގައި ހަދަމުން އަންނަ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުދީގެން، އެ ތަނުގައި ރޯކޮށްލައިފިއެވެ.

އޮންލައިން ނޫހެއް ކަމަށްވާ 'ވަގުތު' ގައި ބުނެފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން އެ ރަށުގައި އަންނަނީ ބޮޑު ހަމަނުޖެހުމެއް ހިނގަމުނެވެ. އެގޮތުން އެ ރަށުގައި ތިބި 200 އެއްހާ ބިދޭސީންނާއި އެރަށުގައި ތިބި 30 ވަރަކަށް ދިވެހި މުވައްޒަފުންނާއި ދެމެދު ބޮޑެތި ކުރިމަތިލުމެއް ހިނގަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.

މައްސަލަ ހޫނުވެފައިވަނީ ބިދޭސީން ނިކުމެ ތަންތަނަށް ގެއްލުންދޭން ފެށުމުން، ދިވެހި މުވައްޒަފުން އެކަން ހުއްޓުވަން މަސައްކަތް ކުރުމުންނެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ބ. އަތޮޅުގައި ހަދަމުން އަންނަ ރިސޯޓެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް މުވައްޒަފުންތަކެއް އެ ރަށުން ފޭބިޔަ ނުދީ ހިފަހައްޓައި ހަމަނުޖެހުން ހިންގާ ކަމުގައި މައުލޫމާތު ލިބިގެން ފުލުހުން މިހާރު އަންނަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!