ޚަބަރު

ކުޑަ ކުއްޖާ ރޭޕްކުރި މައްސަލާގައި ހައްޔަރު ކުރި ކާފަ އާއި މުނިކާފަގެ ބަންދަށް 15 ދުވަސް

ދެން އެމްވީ ، ދެން އޮންލައިން

ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުޑަ ކުއްޖާ ރޭޕް ކުރި މައްސަލާގައި ހައްޔަރު ކުރި ދެ މީހެއްގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދީފިއެވެ.

ފުލުހުން ބުނީ މިއަދު ހައްޔަރު ކުރި 62 އަހަރުގެ ފިރިހެން މީހާ އާއި 81 އަހަރުގެ ފިރިހެން މީހާ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން، އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތު ކުރެވިފައިވާ އެ ކުއްޖާގެ ބައްޕަ ހުޅުމާލޭގެ ފްލެޓެއްގައި ހުއްޓާ އާންމުން އެއްވެ އޭނާ ހައްޔަރު ކުރުމަށް ވަނީ ގޮވާލައިފަ އެވެ. ބޮޑު ހަމަނުޖެހުންގަނޑަކަށް ފަހު ފުލުހުން އޭނާ ހައްޔަރުކޮށްގެން ވަނީ ދޫނިދު އަށް ގެންގޮސްފަ އެވެ.

ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންގެ އިތުރުން މަޖިލީހުން ވެެސް ވަނީ މި މައްސަލަ ބަލަން ފަށައިފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!